އާ ޑިފެންސް މިނިސްޓަރު، ސީޕީ އާ ބައްދަލު ކުރައްވައިފި

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބދުލްޤައްޔޫމް ޢައްޔަންކުރެއްވި، މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލު ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާ...

21 Jan 2015 | 12:08

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބދުލްޤައްޔޫމް ޢައްޔަންކުރެއްވި، މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލު ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގް ގައެވެ.

ފުލުހުން ބުނީ މިބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ މޫސާ ޢަލީ ޖަލީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިންވަޙީދު މަޝްވަރާ ކުރައްވާފައިވަނީ ފުލުހުންނާ ސިފައިންނާ ދެމެދު އޮތް ވަރުގަދަ އަދި ބަދަހިގުޅުން އެގޮތުގައި ދެމެހެއްޓުމާ ބެހޭގޮތުންނާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ ޤައުމީ ޞުލްޙް މަސަލަސްކަން ދެމެހެއްޓުމުގައި މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ކަމަށެވެ.

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލު ޢައްޔަންކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙިދު ވަނީ މިބައްދަލުވުމުގައި، ހުރިހާ ފުލުހުންނާ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނާ ފުލުހުންގެ ޢާއިލާތަކުގެ ނަމުގައި ޝުކުރު ދެންނެވި ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް