ޕޮމިސް ކަޕް: ޓިކެޓް ނެގުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ގަލޮޅި ދަނޑުކައިރީގައި ކިއު ޖެހިއްޖެ

ޕޮމިސް ކަޕްގެ ޓިކެޓް މިއަދު 14:00 އިން ފެށިގެން ގަލޮޅު ދަނޑުން ވިއްކަން ފެށުމާއެކު ގިނަ އަދަދެއްގެ ބަޔަކު ގަލޮޅު ދަނޑުކައިރީ ޓިކެޓް ނެގުމަށްޓަކައި ކިއު ޖެހިއްޖެއެވެ. އަހަރުތަކަކަށްފަހު އަނެއްކާވެސް ޕޮ...

21 Jan 2015 | 11:05

ޕޮމިސް ކަޕްގެ ޓިކެޓް މިއަދު 14:00 އިން ފެށިގެން ގަލޮޅު ދަނޑުން ވިއްކަން ފެށުމާއެކު ގިނަ އަދަދެއްގެ ބަޔަކު ގަލޮޅު ދަނޑުކައިރީ ޓިކެޓް ނެގުމަށްޓަކައި ކިއު ޖެހިއްޖެއެވެ.

އަހަރުތަކަކަށްފަހު އަނެއްކާވެސް ޕޮމިސް ކަޕް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ޓިކެޓް ކިއުއަށް ބަލާލުމުން ދިވެހިންގެ ތަރުޙީބް ޕޮމިސް ކަޕަށް ލިބެމުންދާ މިންވަރު ފާހަގަ ކޮށްލެވެއެވެ.

މިއަދު ހަމައެކަނި ވިއްކަމުންދަނީ މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ދެމެޗުގެ ޓިކެޓެވެ. އެއީ މާދަމާ ހަވީރު މާޒިޔާ އާއި ލަޔަންސް އަދި މާދަމާރޭ ނިއުރޭޑިއަންޓާއި ޕީޑީއާރްއެމް ބައްދަލުކުރާ މެޗުގެ ޓިކެޓެވެ.

ޓިކެޓު ވިއްކަމުންދަނީ ދެ މެޗުގެ ޓިކެޓް އެއްކޮށެވެ. ޓިކެޓުގެ އަގަކީ ކޮންމެ މެޗަކަށްވެސް ސިޑިބަރީން 10 ރުފިޔާ އަދި ގޮނޑިބަރީން 25 ރުފިޔާއެވެ.

11 އަހަރުގެ މެދު ކެނޑުމަކަށްފަހު ޕޮމިސްކަޕްގެ ނަން ޕްރެޒިޑެންޓްސް އިންވިޓޭޝަނަލް ސޮކާރ ކަޕްގެ ނަމުން ޕީޕަލްސް އިންވިޓޭޝަނަލް ސޮކާރ ކަޕް ( ޕީޕަލްސް ކަޕް) އަށް ބަަދަލުކޮށް މިއަހަރު ބާއްވާ ގޮތަށް ހަމަޖެއްސުމާއެކު ގިނަ ބައެއްގެ ތަރުޙީބު މިކަމަށް ލިބުނުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް