ހައްޔަރު ކުރަން އުޅޭތީ ދަތުރު ކުރުކޮށްލައިފިން : ރައީސް ނަޝީދު

ސަރުކާރުން ރައީސް ނަޝީދު ހައްޔަރުކުރަން އުޅޭ ކަމުގެ ހަބަރު ލިބުމުން ދަތުރު ފުޅު ކުރުކޮށްލެއްވުމަށްފަހު މާދަމާ މެންދުރުފަހު މާލެ ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މ...

21 Jan 2015 | 09:39

ސަރުކާރުން ރައީސް ނަޝީދު ހައްޔަރުކުރަން އުޅޭ ކަމުގެ ހަބަރު ލިބުމުން ދަތުރު ފުޅު ކުރުކޮށްލެއްވުމަށްފަހު މާދަމާ މެންދުރުފަހު މާލެ ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.

https://twitter.com/MohamedNasheed/status/557833633772630016

ރައީސް ނަޝީދުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައިވާއިރު ރައީސް ނަޝީދަށް ބިރު ނުދެއްކުމަށް އެމްޑީޕީން މިއަދު ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ރައީސް ނަޝީދު މިހާރު ހުންނެވީ ޒާއިދު ފައުންޑޭޝަނުން އަބޫދާބީގައި ބާއްވާ ރިނިއުވަބަލް އެނާޖީ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ގޮސް އަބޫދާބީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް