ރައީސް ނަޝީދަށް ބިރު ދެއްކުން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރުން ގޮވާލއިފި

ސަރުކާރުން ރައީސް ނަޝީދަށް ބިރުދައްކާ ކަމަށްބުނެ އެކަން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ. އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރ...

21 Jan 2015 | 09:28

ސަރުކާރުން ރައީސް ނަޝީދަށް ބިރުދައްކާ ކަމަށްބުނެ އެކަން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިހާރު ރާއްޖެއިން ބޭރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެވަޑައިގަތުމާއެކު ރައީސުލްޖުމްހޫރިއްޔާ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން އެމަނިކުފާނު ހައްޔަރުކުރައްވަން ނިންމަވާފައިވާކަމުގެ އިންޒާރުތައް އެކި ފަރާތްތަކުން އެމަނިކުފާނަށް ލިބިވަޑައިގަންނަވަމުން ދާ ކަމަށެވެ.

އަދި ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކުރައްވަން ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން އުޅުއްވާކަމުގެ އިންޒާރުތައް ލިބިވަޑައިގަންނަވަމުން ގޮސްފައި މިވަނީ ސިޔާސީ އެކި ފަރާތްތަކަށް ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ބިރުދައްކަވައި އަދި ސަރުކާރުން ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައްވަމުން ގެންދަވާ ދަނޑިވަޅެއްގައިކަން ފާހަގަކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ރައީސް މުޙައްމަދު ނަޝީދަކީ ރައްޔިތުންގެ މެދުގައި އެންމެ މަޤުބޫލު، އަދި ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް އެންމެ ބޮޑަށް ލިބިވަޑައިގެން ހުންނެވި ސިޔާސީ ލީޑަރ ކަމަށްވާއިރު، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާއިރު، ޤާނޫނު އަސާސީންނާއި އަދި ވަކި ޚާއްޝަ ޤާނޫނަކުން އެމަނިކުފާނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވެގެންވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް