އޭޕްރިލް މަހުގެ 14 ވަނަ ދުވަހަކީ "ދިވެހި ބަސް" ދުވަސް ކަމުގައި ރައީސް ނިންމަވައިފި

އޭޕްރިލް މަހުގެ 14 ވަނަ ދުވަހަކީ "ދިވެހި ބަސް" ދުވަސް ކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ނިންމަވައިފި އެވެ. ރައީސް އޮފީހުން ބުނީ ރާއްޖޭގެ މަޝްހޫރު އަދީބު އަލ...

21 Jan 2015 | 08:45

އޭޕްރިލް މަހުގެ 14 ވަނަ ދުވަހަކީ "ދިވެހި ބަސް" ދުވަސް ކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ މަޝްހޫރު އަދީބު އަލްމަރުހޫމް ހުސައިން ސަލާހުއްދީން އުފަންވެ ވަޑައިގެންނެވި ދުވަސްކަމުގައިވާ އޭޕްރީލް މަހުގެ 14 ވަނަ ދުވަސް "ދިވެހި ބަސްދުވަސް" ކަމަށް ހަމަޖައްސާފައި ވާކަމަށާއި މިއަހަރުންފެށިގެން އޭޕްރީލް މަހު 14 ވަނަ ދުވަސް ދިވެހި ބަހުގެ ދުވަހުގޮތުގައި ފާހަގަކުރަމުން ދާނެ ކަމަށެވެ.

މި ދުވަހަކީ ރާއްޖޭގައި މިހާރު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ މާދަރީބަހުގެ ދުވަހުގެ އިތުރުން ފާހަގަކުރުމަށް ހަމަޖެހިފައިވާ ދުވަހެއް ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް