ހެލްތު މިނިސްޓްރީ ހިންގެވުން ވަގުތީގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ، ރައީސް ޔާމީން މިއަދު ހަވާލު ކުރައްވައިފި އެވެ.
ހެލްތު މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ފިޝަރީޒް މިނިސްޓަރާ ހަވާލުކޮށްފައިވާއިރު މީގެ ކުރިން ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަމުން ގެންދެވި ކުރީގެ ޑިފެންސް މިނސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވަނީ މިނިސްޓަރު ކަމުގެ މަގާމުން އިއްޔެ ވަކިކޮށްފަ އެވެ.
މިނިސްޓަރު ކަމުން ނާޒިމް ވަކިކުރީ ހިނގަމުން އަންނަ ތަހުގީގަކާ ގުޅިގެން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާއިރު ފުލުހުން ބުނެފައިވަނީ ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ކަމަށެވެ.
https://twitter.com/SpokespersonMV/status/557809875703853058
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް