ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ލޯބިވެރިޔާކަމަށްވާ ރަޝިޔާގެ ސްޕޯރޓްސް މޮޑެލް އިރީނާ ޝޭކްއާއި ގުޅުން ކެނޑިއްޖެކަމަށް ރަސްމީކޮށް އިއުލާންކޮށްފިއެވެ.
ފަސް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު މި ދެމީހުންގެ ގުޅުން ކެނޑުނުކަން ރޮނާލްޑޯ ހާމަކޮށްފައިވަނީ އިއްޔެ ނެރުނު ސްޓޭޓްމެންޓެއްގައެވެ. އެގޮތުން ސްޓޭޓްމަންޓުގައި ބުނެފައިވަނީ އޭނާ އާއި އިރީނާއާއި ދެމެދު އެއްވެސް ހިތް ނުތަނަވަސް ކަމެއް ނެތްކަމަށެވެ. އަދި ލޯބީގެ ގޮތުން ދުރުވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެ މީހުންވެސް ގަބޫލުކުރާކަމަށާއި ދެމީހުންގެ ދެމެދުގައި ހިތްބުރަކަމެއް ނެތްކަމަށްވެސް ރޮނާލްޑޯގެ ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ.
މީޑިއާގައި ތަފާތު ގޮތްގޮތުން ރޮނާލްޑޯ އަދި އިރީނާގެ ވާހަތަަށް ފެތުރިފައިވާއިރު، ބެލޮންޑިއޯގެ ހަފްލާއަށް އިރީނާ ގޮސްފައިނުވުމާއި ރޮނާލްޑޯގެ މަންމަގެ އުފަންދުވަސް ފާހަގަކުރުމަށް އިރީނާ ބައިވެރިނުވުމަކީ މީޑިއާތަށް ބުނާގޮތުން މި ދެމީހުންގެ ގުޅުން ކެނޑުމަށް ދިމާވި ސަބަބުތަކެވެ. ނަމަވެސް މިފަދަ އެއްވެސް ކަމެއް އުޅޭކަމުގެ ވާހަތަށް އިރީނާގެ އޭޖެންޓް އަދި ރޮނާލްޑޯވެސްވަނީ ދޮގުކޮށްފައެވެ.
ހަބަރުތަށް ބުނާގޮތުން ރޮނާލްޑޯ މިހާރު ޑޭޓް ކުރަމުންދަނީ ރިއާލްމެޑްރިޑް ޓީވީގެ ޕްރެސެންޓަރ އަދި ރިޕޯރޓަރ ލޫސިއާ ވިލަލިއޮންއާއެވެ. އަދި މިހަަރު ފެތުރިފައިވަނީ ބެލޮންޑިއޯ ހަފްލާއަށްފަހު ޓީވީ ޕްރެސެންޓަރ ވިލަލިއޮން ޓްވިޓަރގައި ޕޯސްޓްކުރި ސެލްީއަކާއެކީގައެވެ.
ރޮނާލްޑޯވަނީ އޭނާގެ ސްޓޭޓްމަންޓްގައި ކުރީގެ ލޯބިވެރިޔާ އިރީނާއަށް ހަޔާތުގައި ބާއްޖަވެރިދުވަސް ތަކަކަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް