ޕޮމިސް ކަޕްގައި ވާދަކުރުމަށް ސިންގަޕޫރުގެ ލަޔަންސް މިއަދު ރާއްޖެ އައިސްފާވާރު، މި މުބާރާތަކީ މި ޓީމަށް ލިބިގެންދާ ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވެގެން ދާނެކަމަށް ލަޔަންސްގެ ކޯޗު ފާންދީ އަހުމަދު ބުނެފި އެވެ.
މީގެއިތުރުންވެސް ސިންގަޕޫރ ލަޔަންސްގެ ކޯޗު ބުނެފައިވަނީ އޭނާގެ ޓީމު އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފަ ކަމަށެވެ. ޕްރީ- ސީޒަންގެ މެޗުތަކަށް ތައްޔާރުވެ ޓީމު އެކަތި ގަނޑަކަށް ހަދެމަށް ޕޮމިސް ކަޕުގައި ކުޅެވޭ މެޗުތަކަކީ ވަރަށް މުހިއްމު މެޗުތަކެއް ކަމަށްވެސް ލަޔަންސްގެ ކޯޗު ބުނެފައިވެއެވެ.
މުބާރާތުގައި އެ ޓީމް ކުޅޭ އެންމެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކްލަބާއެވެ.
މުބާރާތުގައި ވާދަކުރާ ބިދޭސީ ދެވަނަ ޓީމް މެލޭޝިއާގެ ޕީޑީއާރް އެމް މިރޭ ރާއްޖެ އަންނާނެކަމަށް މައުލޫމާތުލިބެއެވެ. ޓީމާއެކު ރާއްޖޭގެ ގައުމީ ކެޕްޓަން ދަގަނޑޭވެސް އައުމަށް ހަމަޖެހިފައިވާއިރު ޕީޑީއާރްއެމް އެޓީމުގެ ފުރަތަމަ މެޗުގައި މާދަމާރޭ ނިކުންނަން ޖެހޭނީ ކުރީގެ ދަގަނޑޭގެ ކުލަބް ނިއުރޭޑިއެންޓާއި ދެކޮޅަށެވެ.
ދިވެހިންގެ ބޮޑު ތަރުހީބެއް ލިބޭނެކަމަށް ލަފާކުރާ ޕީޕަލްސް ކަޕްގެ ޓިކެޓް މިއަދު 14:00 ފެށިގެން ގަލޮޅު ދަނޑުން ވިއްކާގޮތަށްވަނީ އެފްއޭއެމްއިން ހަމަޖައްސާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް