ސަމާ ބުރުގާ އަޅައިފި

މަރިޔަމް ސަމާ (ޓިކްޓޮކް، ހިތުން ހިތަށް، ސަމާ) ބުރުގާ އަޅައިފިއެވެ. ދުވަހަށް އެނގިފައިވާގޮތުގައި ސަމާ ބުރުގާ އަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ބުރުގާ އެޅުމަށްފަހު ސަމާ ވަނީ ލައިވްއެއްގައި އެކަން ކަ...

20 Dec 2024 | 18:19

މަރިޔަމް ސަމާ (ޓިކްޓޮކް، ހިތުން ހިތަށް، ސަމާ) ބުރުގާ އަޅައިފިއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ސަމާ ބުރުގާ އަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ބުރުގާ އެޅުމަށްފަހު ސަމާ ވަނީ ލައިވްއެއްގައި އެކަން ކަށަވަރުކޮށްދީފައެވެ. އެ ލައިވްގައި ސަމާ ބުނެފައިވަނީ ހެޔޮ ބަދަލެއްގެ ފެށުމުގެ ގޮތުގައި ބަލާ ކަމަށާއި އެންމެންގެ ހެޔޮ ދުއާ އަބަދުވެސް ބޭނުން ކަމަށެވެ. އަދި މާޒީއަށް ނުބެލުމަށްވެސް އެދޭ ކަމަށެވެ.

"ހިޖާބްގައި ދެމި ލެހެއްޓެވުން އެދި ދުޢާކޮށްދިނުމަށްވެސް އެދެން" ސަމާ ބުންޏެވެ.

ސަމާ އަންނަނީ "ހިތުން ހިތަށް" ނަމުގައި ޖަމުޢިއްޔާއެއް ރަޖިސްޓްރީކޮށް ހިންގަމުންނެވެ. ކުރިން ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދިޔަ "ހިތުން ހިތަށް" ހަރަކާތް މިހާރު ޖަމުޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާއިރު ސަމާގެ "ހިތުން ހިތަށް" ޕްރޮގްރާމަކީ ބޭސްފަރުވާއާއި އެހެނިހެން ޒަރޫރަތްތަކަށް ފައިސާގެ އެހީ ބޭނުންވާ ފަރާތްތަކަށް "ފަންޑްރައިޒް" ކޮށްދިނުމެވެ.

ފަންޑްރައިޒް ހަރަކާތްތަކުގައި މި ހިނގާ 2024 ވަނަ އަހަރު އެކަނި 13 އާއިލާއަކަށް މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ސަމާ އަދި އޭނާގެ ޓީމުން ހޯދައިދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް