ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.
މިއަދު މީޑިއާތަކަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވެފައިވަނީ މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަލިފާނުގެ އެ ހާދިސާގައި ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިތުރުން އީޕީއޭ އަދި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރަޖިސްޓްރޭޝަންސް ޑިޕާޓްމަންޓްގެ އޮފީސް އަނދާ ހުލިވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް