ވެރިފަރާތަށް ޕާސްޕޯޓު ދޫކުރުމުގައި އައިޑީ ކާޑު ގެންނަން ނުޖެހޭ ގޮތަށް ހަދައިފި

ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށްޓަކާ 20 ޑިސެމްބަރު 2023 އިން ފެށިގެން އައިޑީ ކާޑު ނުގެނައިކަމުގައި ވީނަމަވެސް، ޕާސްޕޯޓު ވެރިފަރާތަށް ދޫކުރާ ގޮތަށް ކޮންޓްރޯލަރ ޖެ...

20 Dec 2023 | 14:00

ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށްޓަކާ 20 ޑިސެމްބަރު 2023 އިން ފެށިގެން އައިޑީ ކާޑު ނުގެނައިކަމުގައި ވީނަމަވެސް، ޕާސްޕޯޓު ވެރިފަރާތަށް ދޫކުރާ ގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ނިންމަވައިފިއެވެ.

އިމިގްރޭޝަނުން ބުނީ އިލެކްޓްރޯނިކް ޕާސްޕޯޓާ ހަވާލުވުމަށް ވެރިފަރާތުން ހާޒިރުވާނަމަ މިހާރު އައިޑީ ކާޑު ގެނައުން ލާޒިމެއް ނޫން ކަމަށެވެ. އަދި 18 އަހަރު ނުވާ ކުދިންގެ ބެލެނިވެރިން ކުދިންނާއެކު ޕާސްޕޯޓާ ހަވާލުވުމަށް ދުރުވާއިރު، އެފަރާތްތަކުގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން އައިޑީ ކާޑު ވެރިފައިކޮށްދޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މީގެ އިތުރުން ނޮން-އިލެކްޓްރޯނިކް އަދި އެމަޖެންސީ ޕާސްޕޯޓު ދޫކުރުމުގައިވެސް ވެރިފަރާތުން ޕާސްޕޯޓާއި ހަވާލުވާނަމަ އައިޑީ ކާޑު ގެނައުން ލާޒިމް ނޫން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި މަގުބޫލު އުޒުރެއް އޮވެގެން އެހެން ފަރާތަކުން ޕާސްޕޯޓާ ހަވާލުވާނަމަ އިގުރާރު ސިޓީގައި އެފަރާތެއްގެ އައިޑީ ކާޑުގެ ސީރިއަލް ނަމްބަރު ޖެހުމަށްފަހު ޕާސްޕޯޓާ ހަވާލުވުމަށް އައިސް އެފަރާތެއްގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން ވެރިފައިކޮށްދޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ އިމިގްރޭޝަންގެ މަގުސަދަކީ ރައްޔިތުންނަށް ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ހިދުމަތް ހޯދުމަށް އަންނަ ރައްޔިތުންގެ އަޑު އަހައި، އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް