ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އާބަންކޯ އިން އަންގައިފިއެވެ.
އާބަންކޯ އިން ވަނީ ހުސްކުރަންޖެހޭ ސަރަހައްދު އެކުލަވާލާފައިވާ ޗާޓެއް އާންމުކޮށްފައެވެ. އެގޮތުން އެ ޗާޓުގެ ސްޓޭޖް 2، ސައިޓު ބީ ނުވަތަ ފެހި ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގެ އިތުރުން ރަތް ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އާބަންކޯ އިން ވަނީ އެދިފައެވެ.
އާބަންކޯ އިން ބުނީ މިގޮތުން ނެގޭ އުޅަނދުތައް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށެވެ. އުޅަނދުތަކުގެ ވެރިފަރާތުން އާބަންކޯގެ ހޮޓްލައިން 1516 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށްފަހު ވީހާވެސް އަވަހަކަށް އުޅަނދުތައް ނެގުމަށް އާބަންކޯއިން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް