ކިތަންމެ ވަރަކަށް ދީނީ ކާޑު ކުޅެން އުޅުނަސް ރައީސް މުޢިއްޒް އަށް އިތުބާރު ކުރެވޭކަށް ނެތް: ޑރ ޖަމީލް

ކިތަންމެ ވަރަކަށް ދީނީ ކާޑު ކުޅެން އުޅުނަސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒް އަށް އިތުބާރު ކުރެވެން ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޤާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ މު...

20 Dec 2023 | 11:10

ކިތަންމެ ވަރަކަށް ދީނީ ކާޑު ކުޅެން އުޅުނަސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒް އަށް އިތުބާރު ކުރެވެން ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޤާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވެފައި މިވަނީ މިވަގުތުވެސް ޖަލު ހުކުމަށް ގިނަ ލުއިތަކެއް ދީގެން ރަށު ބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން އިތުރު ލުޔަށް އެދިވަޑައިގަތުމުން އެ ލުއި ދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެންގުމާ ގުޅިގެންނެވެ.

ޑރ ޖަމީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒްގެ އަމަލުފުޅުން މި ސާބިތުކޮށްދިނީ ދުވަހަކުވެސް އެމަނިކުފާނަށް އިތުބާރު ކުރެވެން ނެތްކަން ކަމަށެވެ. އަދި އެ ނިންމެވުމަކީ ސިޔާސީ ނިންމެވުމެއް ކަމަށާއި ޕީޕީއެމް އަދި ރައީސް ޔާމީނަށް ތިޔަ ދެއްކެވީ ޑރ މުޢިއްޒުގެ އަސްލު ސޫރަފުޅު ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

"ތިބާއަށް އިތުބާރު ކުރާ މީހަކަށް ދޮގު ނަހަދާށެވެ. އަދި ދޮވެރިޔަކަށް ދުވަހަކުވެސް އިތުބާރު ނުކުރަން އޮންނަ ބަސް ހާދަތެދޭ!" އެކްސްގައި ޑރ ޖަމީލް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

ޑރ ޖަމީލް އިތުރަށް ވިދާޅުވީ ފަހަތަށް ޖެހި ބިރުގަންނާނެ ބަޔަކަށް އީމާންތެރިން ނުވާނެ ކަމަށާއި ރައީސް ޔާމީން މިނިވަން ވަންދެން އަޑު އުފައްލަވާނެ ކަމާމެދު ޝައްކު ނުކުރެއްވެވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް