މަރުގެ ހުކުމް ތަންފީޒުކުރަން ސަރުކާރުން ނިންމައިފި

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރ އަލީ އިހުސާން އިއުލާންކުރައްވައިފިއެވެ. މިނިސްޓްރީގެ ދަށުގައި ހިމެނޭ އިދާރާތައް ގުޅިގެން މިއަދު ބޭ...

20 Dec 2023 | 10:50

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރ އަލީ އިހުސާން އިއުލާންކުރައްވައިފިއެވެ.

މިނިސްޓްރީގެ ދަށުގައި ހިމެނޭ އިދާރާތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އިހުސާން ވިދާޅުވީ އަދުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމަވާފައި އޮތް ސަރުކާރެއް ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންތަކާއި ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒު ކުރީ 1953 ވަނަ އަހަރުއެވެ. މިވަގުތު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ހަތަރު މީހަކު ތިބި އިރު، އޭގެ ތެރޭގައި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި، 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް