ޑރ އަފްރާޝީމް އަލީގެ ހަނދާނުގައި އުނގޫފާރު ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ޤުރުއާން މުބާރާތް މި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އިސްލާމިކް މިނިސްޓްރީން ސްޕޮންސަރ ކުރާނެކަމަށް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައި މިވަނީ އިސްލާމިކް މިނިސްޓްރީއާއި އުނގޫފާރު ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.
މިނިސްޓަރ ޝަހީމް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ޤުރުއާން މުބާރާތް ސްޕޮންސަރ ކުރުމުގެ އިތުރުން އުނގޫފާރު އިސްލާމިކް ސެންޓަރުގައި ކާޕެޓު އެޅުމަށްވެސް ނިންމަވާފައިވާކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި އުނގޫފާރުގެ ތަރައްޤީއާ ބެހޭ ގޮތުންވެސް މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް