މުސާރައަށް އިތުރުވާ ބައި އިޖްތިމާއީ ފަންޑަކަށް ޖަމާކުރުމަށް މިނިސްޓްރ އިހްސާން ވެސް ނިންމަވައިފި

އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ސަރުކާރުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަށް ނިންމެވި މިންވަރު އިޖްތިމާއީ ފަންޑަކަށް ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ނިންމެވުމާ ގު...

20 Dec 2023 | 10:16

އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ސަރުކާރުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަށް ނިންމެވި މިންވަރު އިޖްތިމާއީ ފަންޑަކަށް ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން މިނިސްޓަރ އަލީ އިހުސާން ވެސް އެގޮތަށް އަމަލުކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވައިފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރ އަލީ އިހުސާން އެކްސްގައި ލިޔުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒްގެ ނިންމުމަށް ފުރިހަމައަށް ތާއީދުކުރާކަމަށާއި މުސާރައަށް އިތުރުވާބައި އިޖްތިމާއީ ފަންޑަކަށް ޖަމާކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒް މިއަދު އެކްސްގައި ލިޔުއްވާފައިވަނީ ރައީސާއި، ނައިބު ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން އެދިވަޑައިގެންފައި ނުވާނެ ކަމަށާއި މުސާރަ ބޮޑުކުރަން ބޭނުންފުޅު ނުވާކަމަށެވެ. އަދި އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި މި ގެނައި ބަދަލުގެ ސަބަބުން، ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާ ފަދަ އިޖްތިމާއީ ފަންޑަކަށް ހަދިޔާ ކުރަން ނިންމަވާފައިވާކަމަށެވެ.

މުސާރައަށް ގެންނަން ނިންމާފައިވާ ބަދަލުތައް

  • ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000ރ
  • ރައީސުލްޖުމްހޫރިއްޔާގެ ނައިބު - 93،000ރ
  • މިނިސްޓަރުން - 72،000ރ
  • ރައްޔިތުންގެ މަޖިލިސް މެންބަރުން - 80،000ރ
  • މަޖިލީހުގެ ރައީސް - 90،000ރ
  • މަޖިލީހުގެ ނައިބު ރައީސް - 88،000ރ
  • އުއްތަމަ ފަނޑިޔާރު - 91،000ރ
  • އެމްއެމްއޭ ގަވަރުނަރު - 74،000ރ
  • އޮޑިޓާ ޖެނެރަލް - 74،000ރ
  • ޕްރޮސެކިއުޓާ ޖެނެރަލް - 74،000ރ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް