ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމްއާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގެ ދެ ފޮޓޯއަކާއި ދެ ފޮޅުވަތުގެ ޕޯސްޓެއް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް މި ބައްދަލުކުރެއްވުމުގެ އެއްވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް