އަލީ ވަހީދު ކުޅުދުއްފުށީ ދެކުނު ދާއިރާ އަށް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފިއެވެ. މިކަން ހާމަކުރައްވައި އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައ...

20 Dec 2023 | 07:23

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައި އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުޅުދުއްފުއްޓަށް ހައްޤު އިންޤިލާބީ ބޮޑު ބަދަލު ހޯދުމަށްޓަކައި، ސިޔާސީ ބާރުވެރި ފުދުންތެރި ބޮޑު ތިލަދުންމައްޗަކަށް އަމާޒު ހިފުމަށް، 20 ވަނަ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ޚިދުމަތް ކުރަން ޤަސްތު ކުރައްވާކަމަށާއި އެންމެހައި ލޮބުވެތި ރައްޔިތުންގެ ހެޔޮ ދުޢާ އަދި ތާޢީދަށް އެދިލައްވާކަމަށެވެ.

އަލީ ވަހީދު ވަނީ މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި އިރު މަޖިލީހުގެ އެ ދައުރުގެ އެންމެ ވަރުގަދަ އަޑެއްގެ ގޮތުގައި ފާހަގަކުރެވެމުންދިޔަ އަޑަކީ އަލީ ވަހީދުގެ އަޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް