ބޮޑުކުރާ މުސާރައިގެ ބައި ހަދިޔާކުރާނީ އިޖްތިމާއީ ފަންޑަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވަނީ ރައީސާއި ނައިބުރައީސާއި ވަޒީރުން ހިމެނޭހެން މުސާރަތައް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ދަނޑިވަޅެއްގައި މިކަމުގައި ރައްޔިތުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"މުސާރަ ބޮޑުކުރަން ސަރުކާރުން އެދިފައިނުވާނެ، އަދި ބޮޑުކުރާކަށް ބޭނުމެއްވެސް ނޫން" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާ ފަދަ އިޖްތިމާއީ ފަންޑަކަށް ހަދިޔާކުރަން ނިންމާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް