މުސާރަތައް ބޮޑުކުރަން ފާސްކުރީ ސަރުކާރާމެދު ނަފްރަތު އުފައްދަން: ތަރުޖަމާނު

ރައީސުލްޖުމްހޫރިއްޔާއާއި ރައީސްގެ ނައިބާއި ވަޒީރުންގެ މުސާރަތައް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކުރީ ސަރުކާރާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކަމުގައި ސަރުކާރުގެ ތަރުޖަމާނު މ...

20 Dec 2023 | 05:44

ރައީސުލްޖުމްހޫރިއްޔާއާއި ރައީސްގެ ނައިބާއި ވަޒީރުންގެ މުސާރަތައް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކުރީ ސަރުކާރާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކަމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ތަރުޖަމާނު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން ކަމަށާއި އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން ކަމަށެވެ.

"ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެން" ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ރައީސާއި ނައިބުރައީސް އަދި ވަޒީރުންގެ އިތުރުން މޭޔަރުންނާއި ކައުންސިލަރުންނާއި އަދި ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަވެސް ބޮޑުތަނުން ބޮޑުކުރަން ނިންމާފައެވެ. އެ ކޮމިޓީގެ ނިންމުމަށް ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް