މިސްރުގެ ސަރުކާރަށް މެޑިޓޭރިއަން ކަނޑުން ގުދުރަތީ ގޭސް ވަޅެއް ހޯދިއްޖެކަމަށް އެޤައުމުގެ ސަރުކާރުން މީޑިއާތަކަށް ހާމަކޮށްފިއެވެ.
ހޯދިފައިވާކަމަށް އެޤައުމުން މިއަދު ހާމަކުރި މި ގޭސް ވަޅަކީ 2018 ވަނަ އަހަރުގައި މިސްރުގެ ކައިރޯ ސިޓީއަކީ ދުނިޔޭގެ ހަކަތައިގެ ހަބެއްކަމުގައި ހެދުމުގެ ބޭނުމުގައި އެޤައުމުން ޑެލެކް ޑްރިލިން ކިޔާ އިސްރާއީލްގެ ކުންފުންޏަކާއެކު ސޮއިކުރި 15 ބިލިއަން ޑޮލަރުގެ ޑީލްގެ ދަށުން ހޯދުނު ހޯދުނު ހޯދުމެއްކަމުގައި ޙަބަރުތަކުން ބުނެއެވެ. އަދި އިސްރާއީލްގެ އެ ކުންފުންޏަކީ އިނގެރޭސިވިލާތުގެ ހިއްސާ އޮންނަ ކުންފުންޏެއްކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.
މިޑިލް އީސްޓް އިކޮނޮމިކް ސާރވޭއިން އެކަމާއި ގުޅިގެން ހާމަކޮށްފައިވާ ގޮތުގައި ފެނުނު ގޭސްވަޅުގައި 3.5 ޓްރިލިއަން ކިއުބިކް ގޭސް ހުންނާނެ ކަމުގައިވެއެވެ. އެހެންނަމަވެސް މިސްރުގެ ސަރުކާރުން ދަނީ މިކަމާއި ގުޅޭ މައުލޫމާތުތައް ޤަބޫލުކޮށް ހިއްސާކުރުމަށް އިންކާރުކޮށްފައެވެ.
ޖޫން މަހު، މިސްރާއެކު އިސްރާއީލް އަދި ޔޫރަޕްގެ ޤައުމުތަކުން ވެފައިވާ އިތުރު އެއްބަސްވުމެއްގައިވާގޮތުގައި މިސްރުގެ މަގުން ފުރަތަމަ ފަހަރަށް އިސްރޭލުން ޔޫރަޕަށް ގޭސް އެތެރެ ކުރަން ފަށާނެކަމުގައިވެއެވެ. އަދި މި ޑީލްގައި އެކަން ކުރުމަށް މިސްރުން އެއްބަސްވެފައިވަނީ މިސްރަށް ބޮޑު ފައިދާއެއް ލިބޭގޮތަށް އެޤައުމުގެ މެޝިނަރީޒް ބޭނުންކުރާނެ ގޮތުގައި ކަމަށް ނިއުސް އައި 24 ގެ ޙަބަރުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް