ގުޅީފަޅުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން އިތުރު ކަށިތަކެއް ފެނިއްޖެއެވެ.
އެކަން ފުލުހުން ދުވަހަށް ކަށަވަރުކޮށްދެއެވެ. ފުލުހުން ބުނީ ސާފުކުރަމުންދަނިކޮށް ރޭގައި އިތުރު ކަށިތަކެއް ފެނިފައިވާކަމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އަލިފާނުގެ އެ ހާދިސާ ހިނގީ ބްރިޖް އެޅުމުގެ މަސައްކަތްކުރަމުން އަންނަ އެފްކޯންސްގެ އެކަމަޑޭޝަން ބްލޮކެއްގައެވެ. ހާދިސާ ހިނގިއިރު އެ ބްލޮކްގައި 457 މީހަކު އުޅުނެވެ. އޭގެ ތެރެއިން 78 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. 35 މީހަކު އެޑްމިޓް ކޮށްގެން ފަރުވާދީފައިރު ހަތަރު މީހެއްގެ އޮޕަރޭޝަން ކޮށްފައިވެއެވެ.
އެ ހާދިސާ އެކަކު ގެއްލުނުކަމަށް ބަލައި ކުރިން އެމީހާ ހޯދަމުންދަނިކޮށްވެސް އެ ސައިޓުން ކަށިތަކެއް ފެނިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް