ވ. ފުލިދޫގައި މޫދަށް އެރުނު އިންޑިއާ ރައްޔިތަކު މަރުވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދުގެ މެންދުރުގެ ފަހުގެ ވަގުތެއްގައެވެ.
އެ ރަށުން ދުވަހަށް މައުލޫމާތު ދިން މީހަކު ބުނީ މަރުވީ އުމުރުން 21 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށާއި އޭނާ މޫދަށް ދިޔައީ އިންޑިއާގެ އިތުރު ދެމީހަކާއި އެކުގައި ކަމަށެވެ. އަދި އެ ތިން މީހުންވެސް އެރުނީ ޖެޓީ ސަރަހައްދަށް ކަމަށާއި އޭގެން އެކަކު މަރުވީ ގެނބިގެން ކަމަށް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ. އަދި ގެނބުނު މީހާ ނެގި އިރުވެސް އޮތީ މަރުވެފައި ކަމަށްވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
އެނގިފައިވާގޮތުގައި މަރުވި އިންޑިއާ ރައްޔިތަކީ، އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތަށް އެ ރަށަށް ގޮސް އުޅުނު މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް