ުއުމްރާވެރިންނާއެކު މައްކާ މާރުކޭޓުތަކަށް އަނެއްކާވެސް ދިރުން

އުމްރާވެރިންނާއެކު މައްކާގެ ވިޔަފާރި މާރުކޭޓްތަކަށް އަނެއްކާވެސް ދިރުން އައިސްފައިވާކަމުގައި ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ. އެގޮތުން ސައޫދީ ގެޒެޓުގައި ބުނެފައިވަނީ މައްކާއަށް ކޮންމެ މަހަކުވެސް ޒިޔާ...

20 Dec 2022 | 16:10

އުމްރާވެރިންނާއެކު މައްކާގެ ވިޔަފާރި މާރުކޭޓްތަކަށް އަނެއްކާވެސް ދިރުން އައިސްފައިވާކަމުގައި ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ.

އެގޮތުން ސައޫދީ ގެޒެޓުގައި ބުނެފައިވަނީ މައްކާއަށް ކޮންމެ މަހަކުވެސް ޒިޔާރަތްކުރާ އެތައްހާސް އުމުރާވެރިންގެ ސަބަބުން މައްކާގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއްކުރާ ކަމަށާއި ސައުދީގެ އެކި ހިސާބުތަކުގައި އުމުރާވެރިންގެ ހޮޓާތަކާއި، ދަތުރުފަތުރާއި، ކުދި ވިޔަފާރިތަކުގެ އިތުރުން ރެސްޓޯރެންތަކުގެ ވިޔަފާރިތަކަށް އެންމެ ބޮޑު ކުރިއެރުމެއް ލިބެނީ އުމުރާވެރިންގެ ސަބަބުން ކަމަށެވެ.

މަސްޖިދުލް ހަރަމް ކައިރީގައި ހުންނަ މާރުކޭޓުތަކަށް ޙާއްސަކޮށް އުމުރާވެރިންގެ ފަރާތުން ބޮޑު ކުރިއެރުމެއް ލިބޭކަން ސައޫދީ ގެޒެޓުގައި ފާހަގަކޮށްފައިވެއވެ. އެގޮތުން ޑިމާންޑް އެންމެ ބޮޑު ވިޔަފާރިތަކަކީ އަބާޔާ ފަދަ ހެދުމުގެ ވިޔަފާރިއާއި ޒަމް ޒަމް އަދި ކާބޯތަކެތީގެ ކުދި ކުދި ވިޔަފާރިތައްކަން ފާހަގަކޮށްފައިވެއެވެ

އުމުރާވެރިންގެ ސަބަބުން މައްކާގެ ވިޔަފާރިތަކަށް ކުރާ ހެޔޮ އަސަރު އެޤައުމުގެ އިޤްތިސާދުންވެސް ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް