ހަރަކާތްތެރިވުމަށްޓަކައި ސިޑީގެ ބޭނުންވެސް ހިފާށެވެ

ޒަމާނަށް އައިސްފައިވާ ބަދަލުތަކާއެކު 24 ގަޑިއިރު ތެރޭގައި ހެލިފެލިވެ އުޅޭ މިންވަރު ވަރަށްވެސްމަދެވެ. ކަންކަމުގައި ފަސޭހަތަށް އިންތިހާވުމުގެ ސަބަބުން ހަރަކާތްތެރިވެގެން ކުރަންޖެހޭ ކަންކަން ދިރިއުޅުމުގަ...

20 Dec 2022 | 15:44

ޒަމާނަށް އައިސްފައިވާ ބަދަލުތަކާއެކު 24 ގަޑިއިރު ތެރޭގައި ހެލިފެލިވެ އުޅޭ މިންވަރު ވަރަށްވެސްމަދެވެ. ކަންކަމުގައި ފަސޭހަތަށް އިންތިހާވުމުގެ ސަބަބުން ހަރަކާތްތެރިވެގެން ކުރަންޖެހޭ ކަންކަން ދިރިއުޅުމުގައި މަދުވުމުގެ ސަބަބުންނެވެ. އެއްތަނުން އަނެއްތަނަށް ދިއުމުގައިވެސް ގިނަ މީހުން ދަތުރުކުރަނީ ކޮންމެވެސް ދުއްވާ އުޅަދެއްގައެވެ. މިއީ ދިރިއުޅުމަށް ކިތަންމެހާ ފަސޭހަ ކަމެއްކަމުގައިވިޔަސް އަމިއްލަ ހަށިގަނޑު ދަތިތަކާއި ކުރިމަތިލާ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރަކަށް ހަރާކާތްތެރިވެލަންވާނެއެވެ.

ހަރަކާތްތެރިވެ އުޅުމަކީ ހަށިގަނޑުގެ މަސްތަކާއި ކަށިތަކަށް ބާރު ލިއްބައިދޭ ކަމެކެވެ. އަދި ސިކުނޑި ދުޅަހެޔޮކޮށްދޭ ކަމެއްވެސްމެއެވެ.އެގޮތުން ހެލިފެލިވެ އުޅުމަކީ ކަންކަމުގައި ސަމާލުކަށް އިތުރަށް ދެވުމަށް މަގުފަހިވާ ކަމެކެވެ. ސްޓްރެސް ލެވެލް ދަށްކޮށްދީ ދުވަހުގެ މޫޑް ރަނގަޅުކޮށްދޭނެ ކަމެކެވެ. އަދި ގިނަ ބަލިތަކަކުން ސަލާމަތްވުމަށް އެހީތެރިވެދޭ ކަމެކެވެ. އެގޮތުން ހަރަކާތްތެރިވެ އުޅުމުގެ ސަބަބުން ހަށިގަނޑުގައި ހަރަކާތްތެރިވުމަށް އެހީވެދޭ މަސްގަނޑުތަކަށް އޮކްސިޖަން ލިބޭ މިންވަރު އިތުރުވުމުގެ ސަބަބުން ހަކަތަ ލިބޭ ކަމުގެ އިހްސާސް ހަށިގަނޑަށް ކުރެވޭނެއެވެ.

އާއްމު ދިރިއުޅުމުގައި ހަރަކާތްތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް ވަރަށްވެސް ގިނައެވެ. އެގޮތުން ކައިރި ތަންތަނަށް ހިނގާލައިފައި ދިއުމާއި އޮފިސް ނުވަތަ ސުކޫލް ބްރޭކް ވަގުތުގައި ކުޑަކޮށް ހިނގާލެވިދާނެއެވެ. ވަގުތުކޮޅެއް ކަނޑައަޅައިގެން ފަތިހު ދުވަން ދިޔުމަކީ އަދި އެއަށްވުރެ ރަނގަޅު ގޮތެކެވެ. 20 ވަރަކަށް މިނެޓް ކަސްރަތަށް ހުސްކޮށްލުންވެސްމެއެވެ. އެންމެ ފަސޭހަ ވާނެ ގޮތަކީ އާއްމުކޮށް ކުރާ ކަމެއްގެ ތެރެއަށް ހަރަކާތްތެރިވެވޭނެ ގޮތެއް އިތުރުކޮށްކޮށްލުމެވެ. އެގޮތުން ކޮންމެ ފަހަރަކު ލިފްޓް ހިޔާރު ކުރުމުގެ ބަދަލުގައި ސިޑިން އަރާފޭބުމަށް ހިޔާރު ކުރުމަކީ ހަރަކާތްތެރިވެލުމަށްޓަކައި ގެނެވިދާނެ ކުޑަ ބަދަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް