މިއަހަރުގެ 1.6 ވަނަ ޓޫރިސްޓަކަށްވީ އިންޑިއާ މީހެއް

ސަރުކާރުން މިއަހަރު ކަނޑައަޅާފައިވާ އަމާޒު ކަމަށްވާ1.6 މިލިއަން ވަނަ ޓޫރިސްޓުން މިއަދު ރާއްޖެ އައިސްފި އެވެ. އެ މަގާމު ލިބުނީ މިއަދު މެންދުރު އިންޑިއާގެ މުމްބާއީން ރާއްޖެ އައި އުމުރުން 27 އަހަރުގެ ތެޖ...

20 Dec 2022 | 14:15

ސަރުކާރުން މިއަހަރު ކަނޑައަޅާފައިވާ އަމާޒު ކަމަށްވާ1.6 މިލިއަން ވަނަ ޓޫރިސްޓުން މިއަދު ރާއްޖެ އައިސްފި އެވެ.

އެ މަގާމު ލިބުނީ މިއަދު މެންދުރު އިންޑިއާގެ މުމްބާއީން ރާއްޖެ އައި އުމުރުން 27 އަހަރުގެ ތެޖަސް ސަންޖޭ ކޮތާރީ އަށެވެ. އޭނާ ރާއްޖެ އައީ އަންހެނުންނާއި އެކު ހަނީމޫނަށެވެ.

މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. މި ދަތުރުގައި އޭނާ ޗުއްޓީ ހޭދަ ކުރުމަށް ހަމަޖެހިފައިވަނީ އެމަރާލްޑް ފާރުފުށި ރިސޯޓުގަ އެވެ.

1.6 މިލިއަން ވަނަ ޓޫރިސްޓަށް ވުމުން އޭނާއަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބާއްވާފައިވެ އެވެ. ރަސްމީކޮށް ތެޖަސްއަށް މަރުހަބާ ކީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި ޝަރަފާއި އެކު އޭނާއަށް ވަނީ ލަކްސް އަރި އެރޯލް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ލިބިފައި އެވެ. އެ މަގާމަށް ހޮވުމުން ތަޖެސް މިއަދު ބުނީ ލިބުނީ ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށެވެ.

އޭނާ ހަނީމޫނަށް އަންނަން ރާއްޖެ ހިޔާރު ކުރީ ރީތި މަންޒިލަކަށްވެފައި ވަރަށް ގިނަ މަޝްހޫރު މީހުން ރާއްޖެ އަންނާތީ އެވެ.

އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެކެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 220،000 ޓޫރިސްޓުން އައިސްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް