ރާއްޖޭގެ ހުރިހާ ރަށެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް ޖަޕާނު ސަރުކާރުން ރާއްޖެއަށް 83 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައި މިވަނީ ރާއްޖެއާއި ޖަޕާނު ސަރުކާރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 55 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝުންސޫކޭ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހާރިޖީ އޮފީހުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޝުންސޫކޭ އެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް 5.4 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވަނީ އެއްބަސްވެފައި ކަމަށެވެ.
އެގޮތުން މިއީ ގާތްގަނޑަކަށް 83.1 މިލިއަން ދިވެހި ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް