ގޯޕީ މުސްލިމަކާއި ކައިވެނި ކުރުމުން އާފްތާބާއި އެއްވަރުކޮށް ފާޑުކިޔަނީ!

އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ދެވޮލީނާ ބައްޓަޗަރްޖީ (ގޯޕީ) މުސްލިމަކާއި ކައިވެނި ކުރުމުން އިންޑިއާގައި ގިނަ ފާޑުކިޔުން އަމާޒުވަމުން އެބަދެ އެވެ. ހިންދީ ޑްރާމާ ސިލްސިލާތައް ބަލާ ދިވެހިންގެ މެދުގައި ގޯޕ...

20 Dec 2022 | 12:20

އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ދެވޮލީނާ ބައްޓަޗަރްޖީ (ގޯޕީ) މުސްލިމަކާއި ކައިވެނި ކުރުމުން އިންޑިއާގައި ގިނަ ފާޑުކިޔުން އަމާޒުވަމުން އެބަދެ އެވެ.

ހިންދީ ޑްރާމާ ސިލްސިލާތައް ބަލާ ދިވެހިންގެ މެދުގައި ގޯޕީއަކީ މަޝްހޫރު މީހެކެވެ. ގޯޕީގެ ގޮތުގައި އޭނާ މަޝްހޫރުވެފައިވަނީ ސްޓާ ޕްލަސްއިން ދެއްކި ސިލްސިލާ، "ސާތް ނިބާނާ ސާތިއާ" ގައި ކުޅެފައިވާ ރޯލުންނެވެ.

ވަރަށް ސިއްރުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ގޯޕީ ކައިވެނި ކުރީ ޝަންވާޒް ޝެއިހް ކިޔާ މީހަކާއި އެވެ. ޝަންވާޒަކީ ގޯޕީގެ ޖިމް ޓްރެއިނަރެވެ.

ދެމީހުން ކައިވެނި ކުރީ ދެ ފަރާތު އާއިލާ އާއި ރަހުމަތްތެރިންގެ ހާޒިރުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެވެ. ދެމީހުން ކައިވެނި ކުރިކަން ހާމަވީ ގޯޕީ އާންމު ކުރި ފޮޓޯތަކާއި ވީޑިއޯތަކުންނެވެ.

ކައިވެނި ހާމަވުމުން ގިނަ ބަޔަކު ދަނީ ކޯޕީގެ ކައިވެނި، ދާދިފަހުން އިންޑިއާގައި ހިންދޫ އަންހެނަކު މަރާލުމަށް ފަހު ބުރިބުރި ކުރި އޭނާގެ ލޯބިވެރިޔާ އާފްތާބު އަމީން ޕޫނަމްވާލާ އާއި އެއްވަރުކޮށްފައި އެވެ. ގޯޕީއަށް ފާޑުކިޔާ މީހުން ބުނަމުން ދަނީ އޭނާ އަކީ ހިންދޫއަކަށް ވާއިރު އޭނާގެ ފިރިމީހާ ޝަންވާޒް ވާނީ އާފްތާބު ކަހަލަ ރަހުމު ކުޑަ މީހަކަށް ކަމަށެވެ.

އަދި ދެމީހުންގެ ކައިވެނި ހިންދޫންގެ ސަގާފަތާއި އެއްގޮތަށް ކޮށްގެން، ނިތްކުރީގައި ސިންދޫރު ޖަހައިގެން ގޯޕީ އުޅުނަސް އޭނާ އިނީ މުސްލިމަކާއި ނޫން ކަމަކަށް ނުވާނެ ބުނެފައިވެ އެވެ. މި ފާޑުކިޔުންތަކަށް ގޯޕީ މާބޮޑު ސަމާލު ކަމެއް ނުދެ އެވެ.

މި ފަހުން ގޯޕީ ބުނީ ދެމަފިރިން މިހާރު ތައްޔާރުވަމުން ދަނީ ހަނީމޫނަށް ދިއުމަށް ކަމަށެވެ. އެ ދަތުރު ލަސްވަނީ އެމީހުން ލޯބިގެން ގެންގުޅޭ ޕެޓް ގެންދެވޭނެ މަންޒިލެއް ހިޔާރު ކުރަން ޖެހޭތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް