އެމްޑީއޭއަށް ދިހަ އަހަރު: އުސޫލުތަކުގައި ވަރުގަދަޔަށް ހިފަހައްޓައި ރައްޔިތުންގެ ހައްޤުގައި ދެމި ތިބޭނެ

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމްޑީއޭ) އަކީ ދިވެހި ރައްޔިތުންނަށްޓަކައި އުފެދުނު ރައްޔިތުންގެ ޕާޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ރައީސް އަހްމަދު ސިޔ...

20 Dec 2022 | 08:30

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމްޑީއޭ) އަކީ ދިވެހި ރައްޔިތުންނަށްޓަކައި އުފެދުނު ރައްޔިތުންގެ ޕާޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ އެމްޑީއޭގެ 10 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި، ތަހުނިޔާ ޕާޓީގެ މެންބަރުންނާއި ތާއީދު ކުރައްވާ އެންމެހާ ބޭފުޅުންނަށް އަރިސްކުރައްވަމުން ފޮނުއްވި ޚިޠާބެއްގައެވެ.

އެގޮތުން ސިޔާމް ވިދާޅުވީ އެމްޑީއޭއަކީ ދިވެހި ރައްޔިތުންނަށްޓަކައި އުފެދުނު ރައްޔިތުންގެ ޕާޓީއެއް ކަމަށާއި ޕާޓީގެ މައިގަނޑު އަމާޒަކީ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދީ އިސްލާމްދީނުގެ އަސާސްތަކާއި، ރުކުންތަކާއި އެއްގޮތްވާ ގޮތުގެމަތިން ތަރައްޤީގެ މަގުގައި ރައްޔިތުންނަށް ކުރިއެރުން ގެނެސްދިނުން ކަމަށެވެ.

އަދި އެ އަސާސްތަކުގެ މަތީގައި އެމްޑީއޭއަށް ދެމިތިބެވުނީ، ތާއީދުކުރައްވާ ރައްޔިތުންދެއްވި އިތުބާރާއި، ތާއީދުގެ ސަބަބުން ކަމަށް  ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާމް ވަނީ އެމްޑީއޭއިން އަބަދުވެސް ހިފަހައްޓަމުން އަންނަ އުސޫލުތަކުގައި ވަރުގަދަޔަށް ހިފަހައްޓައި ރައްޔިތުންގެ ހައްޤުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކީ މަސައްކަތްކުރުން މަތީ ދެމި ތިބޭނެ ކަމުގެ ޔަޤީން ކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް