ފުރުމުގެ ތިން ގަޑިއިރު ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ޕީކް ސީޒަން ކަމުން އެއަރޕޯޓުންދޭ ޚިދުމަތްތައް ހަރުދަނާކުރުމަށްވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެއީ ކޮންމެ އަހަރެއްގެ މި ދުވަސް ވަރު އެއާޕޯޓަށް ބާރު ބާޑުވާތީ އެވެ.
އެމްއޭސީއެލްއިން ބުނީ މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން އެއާޕޯޓުގެ ކިއުތައް ދިގުވެ، ޑިލޭތައް މަދުކުރުމަށްޓަކައި ފުރުމުގެ ތިން ގަޑިއިރުކުރިން އެއަރޕޯޓަށް އައުމަށް އެދޭ ކަމަށެވެ.
ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް ޗެކްއިން ވުމުގެ ކުރިން އިމުގާ ފޯމް ފުރުމަށްވެސް އެމްއޭސީއެލުން އިލްތިމާސްކުރެ އެވެ.
https://twitter.com/MACLmedia/status/1604809409984532480
ޕީކް ސީޒަނާއި ދިމާކޮށް އިމިގްރޭޝަނުންވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައި އެވެ. އެގޮތުން ޑިޕާޗާއަށް ހަތް ކައުންޓަރު އަދި އެރައިވަލްއަށް 11 ކައުންޓަރު އިތުރުކޮށްފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް