މިއަދަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ސްޓާ ކިޑް ތައިމޫރު އަލީ ހާންގެ ހަ ވަނަ އުފަން ދުވަހެވެ.
ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ފުރަތަަމަ ދަރިފުޅުގެ އުފަން ދުވަހުގެ ހަރަކާތްތައް މީގެ ދެތިން ދުވަސް ކުރިން ފެށިގެން ކަރީނާ ދަނީ ފާހަގަ ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި މިހާރު އެ އާއިލާ ވަނީ ތައިމޫރުގެ އުފަން ދުވަސް ފާހަގަ ކުރަން ހާއްސަ މަންޒިލަކަށް ގޮސްފައި އެވެ.
ތައިމޫރުގެ އުފަންދުވަހުގެ ހަދިޔާތައް އިއްޔެއިން ފެށިގެން ސައިފްގެ ޕަތައުޑީ ހާން އާއިލާ އިންނާއި ކަރީގެ ކަޕޫރު އާއިލާއިން ވަަނީ ދޭން ފަަށާފައި އެވެ. ގިނަ ބަޔަކު ބަލަން ބޭނުންވީ ކަޕޫރު އާއިލާއަށް އެންމެ ފަހުން އިތުރުވި މެމްބަރު އަދި ތައިމޫރުގެ ދެބެންގެ ދެދަރި ދެބެން ކަމަށްވާ ރަހާ ކަޕޫރު އޭނާއަށް ދޭނެ ހަދިޔާ އެކެވެ.
އާއިލާގެ ގާތް މީހަކު މީޑިއާގައި ބުނީ ރަހާގެ ފަރާތުން އާލިއާ އާއި ފިރިމީހާ ރަންބީރު ކަޕޫރު، ތައިމޫރަށް ވަރަށް އަގުބޮޑު ހަދިޔާއެއް ދިން ކަމަށެވެ. އެއީ ކަސްޓަމައިޒް މާވެލް ސުޕާހީރޯ ސެޓެއް ކަމަށް ބުންޏެވެ.
މިހާތަނަށް ލިބުނު ހަދިޔާތަކުގެ ތެރެއިން ތައިމޫރަށް އެންމެ ކަމުދިޔައީވެސް އެ ހަދިޔާ ކަމަށްވެ އެވެ.
ތައިމޫރު ވިހޭންސުރެ ބޮލީވުޑްގެ ތަރިންގެ ދަރިންގެ ތެރެއިން އެންމެ މަޝްހޫރު ކުއްޖަކީ އެއީ އެވެ. ކަރީނާ އާއި ސައިފްގެ ދެ ވަނަ ދަރިފުޅު ކަމަށްވާ ޖަހަންގިރް އަލީ ހާން (ޖޭހް) އަށްވެސް ތައިމޫރަށް ލިބޭވަރުގެ ސަމާލުކަމެއް މީޑިއާއިން ނުލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް