ފޮޓޯ: ގާފަރުގެ ތާރީހީ ކުޑަ މިސްކިތް

ކ. ގާފަރުގައި ހުންނަ ތާރީހީ ކުޑަ މިސްކިތަކަކީ އެ ރަށުގައި ހުންނަ ތާރީހީ ބިނާތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ވަރަށް ކުޑަ މި މިސްކިތަށް މިހާރު ކޮންމެސް ވަރަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ. އެގޮތ...

20 Dec 2022 | 04:41

ކ. ގާފަރުގައި ހުންނަ ތާރީހީ ކުޑަ މިސްކިތަކަކީ އެ ރަށުގައި ހުންނަ ތާރީހީ ބިނާތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

ވަރަށް ކުޑަ މި މިސްކިތަށް މިހާރު ކޮންމެސް ވަރަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ. އެގޮތުން ފުރާޅު ބާވުމުން ޓިނަށް ބަދަލުކޮށްފައިވާއިރު އެތެރޭގައި ބިންމައްޗާއި ފާރުގެ ވަކި ހިސާބަކަށް ވަނީ ތަށިމުށި ޖަހާފައި އެވެ.

މީގެ އިތުރުން ބައެއް ކުޑަދޮރުތައްވެސް ވަނީ ބަދަލުކޮށްފައި އެވެ. މިހާރު އެ މިސްކިތުގައި އެންމެ ކުރީގެ ގޮތަށް ފެންނަން ހުރީ މިސްކިތަށް ވަންނަ ދޮރާއި އެ ދޮރުގެ ފަރާތުގައި ހުރި ކުޑަ ދޮރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް