ވިލާ ކޮލެޖުގެ 2023 ވަނަ އަހަރުގެ ޖެނުވަރީ އިންޓޭކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ވިލާއިން ބުނީ 2023 ވަނަ އަހަރު ޖަނަވަރީ އިންޓޭކަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚަކީ 31 ޑިސެމްބަރ 2022 ކަމުގައި މިހާރު ހަމަޖައްސާފައވާ ކަމަށެވެ.
ވިލާ ކޮލެޖުން ޖަނަވަރީ 2023 ގައި ފެށުމަށް ހަމަޖެހިފައިވާ ހުރިހާ ޕްރޮގްރާމްތަކާއި އެޕްރޮގްރާމްތައް އޮފަރ ކުރެވޭ މޮޑާލިޓީސްތަކުގެ ތެރޭގައި، އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގް (އިސްލާމް، ގުރްޢާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) އެޑިއުކޭޝަން، ޝަރީޢާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް ހިމެނެ އެވެ.
އަދި އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ހިއުމަން ރިސޯސް، އިންޖިނިއަރިންގް (މެކޭނިކަލް، އިލެކްޓްރިކަލް، ރޮބޮޓިކްސް) ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާރވިސަސް މެނޭޖްނަންޓްގެ އިތުރުން ޕްރޮޖެކް މެނޭޖްމަންޓްގެ ދާއިރާއިން ޖުމްލަ 139 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.
މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 16 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 9 ކޯހަކާއި، ޑިގްރީ ފެންވަރުގެ 38 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 29 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 16 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ހަމަ އެއާއެކު، އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ޚާއްސަ، އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިންގ ކޯހަށް ވަނުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް ޖެނުއަރީ އިންޓޭކަށް ވަނީ ހުޅުވާލާފައި ކަމަށް ވިލާއިން ބުނެއެވެ.
އަދި ޗާރޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީމާ) ގެ ސެޓްފިކެޓް ލެވެލް، އޮޕްރޭޝަންސް ލެވެލް، މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓިޖިކް ލެވެލް ގެ އިތުރުން ، ސަޓިފައިޑް އެކައުންޓިން ޓެކްނިޝަންގެ (ކެޓް) ލެވެލް 2،1 އަދި 3 ވެސް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކޮލެޖުން ހާމަކުރެއެވެ.
ވިލާ ކޮލެޖުން ބުނީ ޖަނަވަރީ އިންޓޭކުގައި ހުޅުވާލެވޭ ކޯސްތަކުގެ ތެރޭގައި އޮންލައިން އަދި ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައް ހިމެނޭކަމަށެވެ.
ޖަނަވަރީ 2023 އަށް ހުޅުވާލެވުނު ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ފުރަތަމަ ޑިގްރީގެ ކޯސްތައް ހިމެނޭ ކަމަށް އެ ކޮލެޖުން ހާމަކުރެއެވެ.
ވިލާއިން ބުނީ މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެކެވެ.
ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާކޮލެޖް ނައިފަރު ކެމްޕަސް، ވިލާކޮލެޖް ގަން ކެމްޕަސް، ވިލާކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް، ވިލާކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައި ކަމަށް އެ ކޮލެޖުން ހާމަކުރެއެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގްސަދުގައި ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ ގޮތް ވަނީ އިންތިޒާމް ކުރެވިފައެވެ.
މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކަށް ކިޔެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް