ގަލްފް ކަނޑުގައި 106 މީހުންނާއެކު ދަތުރުކުރި ތައިލެންޑްގެ ހަނގުރާމަމަތީ ބޯޓެއް އަޑިޔަށްދިޔަ ހާދިސާގައި ގެއްލުނު 31 މީހަކު ދަނީ ހޯދަމުންނެވެ. ބޯޓު އަޑިޔަށް ގޮސްފައިވަނީ އާދިއްތަ ދުވަހު އިންތިހާއަށް ކަނޑު ގަދަ ވަގުތަކު ރާޅުތަކުގެ ތެރެއިން އިތުރު ބޯތެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގެ ސަބަބުންކަމުގައި އެގައުމުގެ ޙަބަރުތަކުން ބުނެއެވެ. ގެއްލުނު މީހުން ހޯދުމުގެ މަސްއަކަތް އެޤައުމުގެ އަސްކަރީ ހެލިކަޕްޓަރުތަކާއި ބޯޓުތަކުން ދަނީ ކުރަމުންނެވެ.
ތައިލެންޑްގެ ބޮޑުވަޒީރު ޗަން – އޯ – ޗާ ވިދާޅުވެފައިވަނީ އެހާދިސާގައި ސަލާމަތްކުރެވިފައިވާ 75 މީހުންގެ ތެރެއިން 11 މީހަކަށް ހޮސްޕިޓަލުގައި ފަރުވާކުރަމުންދާއިރު 5 މީހައްގެ ހާލު ސީރިއަސްކަމަށެވެ. އަދި ހާދިސާގެ މައުލޫމާތު ގާތުން ބަލަމުންދާ ކަމުގައިވެސް އެބޭފުޅާ ވިދާޅުވެއެވެ.
ހާދިސާގައި ސަލާމަތްކުރެވުނު މީހަކު މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ބޯޓު އަޑިޔަށްދިޔައީ 3 މީޓަރަށް ރާޅުތައް އުސްވި ހިސާބުންކަމުގައެވެ. އަދި އޭނާ ހޯދިފައިވަނީ 3 ގަނޑިއިރު ކަނޑުގައި ފޮލޯޓްވެ އޮތުމަށްފަހުކަމުގައި އޭނާ ސަލާމަތްކުރި ފަރާތުން ބުނެފައިވެއެވެ.
ހާދިސާ ހިނގި ދުވަހަށްވުރެ މިހާރުގެ މޫސުން ރަނގަޅު ކަމުގައިވިޔަސް އެގައުމުގެ އަސްކަރީ ސްޕޯކްސްމެން މޮންތަޓްޕަލިން ބުނަނީ ރާޅުތަކުގެ އުސްމިނުގެ ސަބަބުން މީހުން ހޯދުމުގައި އަސްކަރީންނަށް ބޮޑެތި އުނދަގޫތަކެއް އަދިވެސް ހުރި ކަމުގައާއި އެންމެ ބޮޑު އަހުމިއްޔަތުކަމެއް ދޭނީ ގެއްލިފައިވާ މީހުން ހޯދުމަށް ކަމަށެވެ . ބޯޓު ސަލާމަތްކުރާނެ ވަކި ގޮތެއް ކަނޑައަޅާނީ އެއަށްފަހު ކަމުގައިވެސް ފާހަގަކޯށްފައިވެއެވެ.
މި ބޯޓަކީ ކަނޑު ގަދަވުމުގެ ސަބަބުން ތައިލްންޑުގެ ގަލްފް ކަނޑުގައި މަސްބޯޓުތަކަށް ޕެޓްރޯލް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދިޔަ ބޯޓެއްކަމަށްވެސް މައުލޫމާތުތައް ބުނެއެވެ. މިދުވަސްވަރަކީ ތައިލެންޑްގެ އުތުރާއި މެދުތެރެއަށް އަހަރުގެ އެންމެ ފިނި ދުވަސްތައްކަމުގައި ވާއިރު ފާއިތުވި ދުވަސްތަކުގައި އެގައުމުގައި ފެންބޮޑުވުމާއި ތޫފާންތަކުގެ ކާރިސާތަކެއް ވަނީ ހިނގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް