މިއަހަރުގެ މިސް ވަރލްޑުގެ ތާޖު ސްޕެއިންގެ މިރެއިރާ ލަލަގޫނާ ރޯޒޯ އަށް ލިބިއްޖެއެވެ.
ސްޕެއިންގެ ބާސެލޯނާ އަށް ނިސްބަތްވާ ޕްރޮފެޝަނަލް މޮޑެލް އެއްކަމަށްވާ 23 އަހަރުގެ މިރެއިރާ ލަލަގޫނާއަށް ލިބުނު އިރު، ދެ ވަނަ މަޤާމު ލިބުނީ ރަޝިޔާއަށެވެ. އަދި ތިން ވަނަ ލިބުނީ އިންޑޮނީޝިއާ އަށެވެ.
މުބާރާތުގެ "ޓޮޕް މޮޑެލް"ގެ މަޤާމަށްވެސް ހޮވުނު މިރެއިރާ ބުނީ ބޭރުފުށުން ރީތިވުމުގެ މާނައަކީ ނުފެންނަ ފަރާތް ރީތި ނުވުމެއް ނޫން ކަމަށެވެ. އަދި ފާރމަކޮލޮޖީން ޑިގްރީއެއް ޙާޞިލުކޮއްފައިވާ މިރެއިރާ ބުނީ ދެން ބޭނުންވަނީ ނިއުޓްރިޝަންއިން އިތުރަށް ކިޔަވަން ކަމަށެވެ.
މުބާރާތުގެ ގަދަ 5އަށް ވާދަކުރީ ސްޕެއިން އާއި ރަޝިޔާ އާއި އިންޑޮނީޝިއާ އާއި ލެބަނަން އާއި ޖެމެއިކާއެވެ.
މިއަހަރުގެ މިސްވަރލްޑްގައި ބިއުޓީ ވިތް އަ ޕަރޕަސްގެ މަޤާމު ލިބުނީ އިންޑޮނީޝިއާގެ ރީތީގެ ރާނީ މާރިއާ ހަރްފަންތީއަށެވެ. އެއީ އިންޑޮނީޝިއާގެ ފަގީރު އަވަށްތަކަށް ފެން ލިބޭނެ ވަސީލަތްތައް ގާއިމުކޮށްދިނުމަށް އޭނާ ކުރަމުން އަންނަ މަސައްކަތަށް ލިބުނު ޝަރަފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް