ވިއްކަމުންދާ ދެ ޕްރޮޑަކްޓެއްގައި ބަނގުރާ އެކުލެވޭތީ ނުވިއްކުމަށް އަންގައިފި

އިމްޕޯޓްކޮށްގެން ވިއްކާ ބައެއް ކާބޯތަކެތީގެ ލޭބަލްގައި "ބަނގުރާ" އެކުލެވޭކަން ފާހަގަވެފައި ވާކަމަށާއި މި ޕްރޮޑަކްޓްސް ތައް ވިއްކާނަމަ ލަސްނުކޮށް އެންގުން އެދޭ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯ...

20 Dec 2015 | 11:26

އިމްޕޯޓްކޮށްގެން ވިއްކާ ބައެއް ކާބޯތަކެތީގެ ލޭބަލްގައި "ބަނގުރާ" އެކުލެވޭކަން ފާހަގަވެފައި ވާކަމަށާއި މި ޕްރޮޑަކްޓްސް ތައް ވިއްކާނަމަ ލަސްނުކޮށް އެންގުން އެދޭ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އޮތޯރިޓީން ކާބޯތަކެތި ވިއްކާ ތަންތަން ބަލާ ފާސްކުރުމުގައި އިމްޕޯޓްކޮށް ވިއްކާ ބައެއް ކާބޯތަކެތީގެ އުފެއްދުނަތްކުގެ ލޭބަލްގައި ބަނގުރާ އެކުލެވިފައިވާކަން ފާހަގަކުރެވިފައި ވާކަމަށެވެ.

"މިގޮތުން ފާހަގަކުރެވިފައިވާ ކާބޯތަކެތީގެ ތެރޭގައި ކިއްކޯމަން (Kikkoman) ބްރޭޑްގެ Teriyaki  (Marinade & Sauce) ސޯސް އާއި، "ޔޫކޭ" ބްރޭންޑްގެ ކެޕަންގް ސްޓިކް “kepang skick”  ރަސާ އަންގުރު “Rasa Anggur” މާޝްމެލޯ ހިމެނޭ" އެމްއެފްޑީއޭއިން ބުނެ އެވެ.

އެމްއެފްޑީއޭ އިން ބުނެފައިވަނީ މި ޕްރޮޑަކްޓްތައް އިމްޕޯޓް ނުކުރުމަށާއި ވިއްކަން ނުބެހެއްޓުމަށް އެންމެހާ ފަރާތްތަކަށް އަންގާ ކަމަށާއި މި ފަދަ ކަންކަމުން ރައްކާތެރިވުމށްޓަކައި ކާބޯތަކެތި ބޭނުންކުރައްވާއިރު އޭގައިވާ ލޭބަލް ރަނގަޅަށް ބެއްލެވުމަށްފަހު އެތަކެތި ބޭނުން ކުރެއްވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމަސް ކުރާ ކަމަށެވެ.

މީގެ އިތުރުން މި ޕްރޮޑަކްޓްތައް ވިއްކަން ބަހައްޓާފައި ހުރިނަމަ ލަސްނުކޮށް އެ އޮތޯރިޓީގެ ނަމްބަރު 3014305 ފޯނަށް ގުޅުއްވައި އަންގައިދެއްވުން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް