އެސްޓީއޯގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހާއްސަ އެސެމްބްލީއެއް ބާއްވައިފި

އެސްޓީއޯގެ 51ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ހެނދުނު މުވައްޒަފުންނަށް ހާއްސަ އެސްމްބްލީ އެއް ބާއްވައިފިއެވެ. މިއެސްމްބްލީގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ އ...

20 Dec 2015 | 07:56

އެސްޓީއޯގެ 51ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ހެނދުނު މުވައްޒަފުންނަށް ހާއްސަ އެސްމްބްލީ އެއް ބާއްވައިފިއެވެ.

މިއެސްމްބްލީގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ އެމްޑީ އަޙްމަދު ޝަހީރު ފާހަގަކުރެއްވި ގޮތުގައި އެސްޓީއޯގެ 50 އަހަރުގެ މާޒީގެ ތެރޭގައި ކުންފުނިން ވަނީ ދިވެހިރާއްޖޭގެ އިގްތިޞާދީ، އުމްރާނީ، މާއްދީ އަދި އިޖްތިމާއީ ތަރައްޤީއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައެވެ. އަދި އެސްޓީއޯގެ މައިގަނޑު މަގްޞަދަކީ ގުޅި ލާމެހިފައިވާ ވިއުގައެއްގެ ތެރެއިން އިތުބާރުހިފޭ މުދަލާއި ޚިދުމަތްތައް އެކަށީގެންވާ އަގުތަކެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައި ޝަހީރު ވިދާޅުވިއެވެ.

ވާހަކަ ފުޅު ނިންމާލައްވަމުން ޝަހީރު ވިދާޅުވީ މިއަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުންފުނީގެ ފަރާތުން ދެމުވައްޒަފުންނަށް ހައްޖަށް ދެވޭނޭގޮތް ހަމަޖައްސައިދެއްވާނެކަމަށެވެ. އަދި ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު އިއުލާން ކޮށްފައިވާ ބޯހިޔާވަހި ކަމުގެ މަޝަރޫގެ މަންފާ އެސްޓީއޯގެ މުވައްޒަފުންނައް ހޯދާ ދެއްވާނެ ވާހަކަ ޝަހީރު ވިދާޅުވިއެވެ.

މިހަފްލާގައި އެސްޓީއޯ އިންވަނީ "ވިލް" ނަމުގައި ކެމްޕެއިންއެއް ލޯންޗްކޮށްފައެވެ.  މިކޭމްޕޭން އަމާޒުކުރެވިފައިވާ ދާއިރާތަކަށް ބަލާލާއިރު، އެސްޓީއޯގެ މުއައްޒަފުން، އެސްޓީއޯގެ ކަސްޓަމަރުން،އެސްޓީއޯގެ މާލީ ފުދުންތެރިކަން، ތިމާވެއްޓާއި ގުޅުންހުރި ކަންތައްތައް އަދި އިޖުތިމާއީ ތަރައްޤީއަށް ކުރެވޭ ކަންތައްތައް ހިމެނެއެވެ. މި ކޭމްޕޭން މެދުވެރިކޮށް އެސްޓީއޯގެ މެނޭޖްމަންޓާއި އެސްޓީއޯގެ ސްޓާފުން ހަރުދަނާ ގޮތެއްގައި ގުޅުވައިދޭނެ ނެޓްވޯކެއް ޤާއިމް ކުރެވިގެންދާނެ ކަމަށް އެސްޓީއޯ އިން ހާމަކުރެ އެވެ.

އެސްޓީއޯގައި މީގެ ކުރިންވެސް ޚަރަދުކުޑަކުރުމަށާއި ހިންގުން ހަރުދަނާކުރުމަށްޓަކައި ތަފާތު ގިނަ ކޭމްޕޭންތަކެއް އިފްތިތާހު ކޮށް  ގިނަމަސައްކަތްތަކެއް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް