ބީއެމްއެލް އިން ރާއްޖެއިން ބޭރުގައި ވިސާ ޑެބިޓް ކާޑު ބޭނުންކުރެވޭ ލިމިޓް އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖެއިން ބޭރުގައި ވިސާ ޑެބިޓް ކާޑު ބޭނުންކުރެވޭ ލިމިޓް މިއަދުން ފެށިގެން އިތުރުކޮށްފި އެވެ. އެގޮތުން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ދުވާލަކަށް 400 ޑޮލަރާ އ...

20 Dec 2015 | 07:09

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖެއިން ބޭރުގައި ވިސާ ޑެބިޓް ކާޑު ބޭނުންކުރެވޭ ލިމިޓް މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.

އެގޮތުން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ދުވާލަކަށް 400 ޑޮލަރާ އެއްވަރަށް ފައިސާ ނެގޭނެ ކަމަށާއި ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދުވާލަކަށް 600 ޑޮލަރުގެ ވިޔަފާރިކުރެވޭނެ ކަމަށް ބޭންކުން ހާމަކުރެ އެވެ.

"މިއަދުން ފެށިގެން ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ވިސާ ޑެބިޓް ކާޑު މެދުވެރިކޮށް ދުވާލަކަށް 1000 ޑޮލަރު ބޭނުންކުރެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން މިވަނީ ހަމަޖައްސާފައި މީގެ ކުރިން ކަސްޓަމަރުންނަށް ބޭނުންކުރެވެނީ ދުވާލަކަށް 600 ޑޮލަރެވެ. މި ބަދަލާއެކު މިހާރު ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ދުވާލަކަށް 400 ޑޮލަރާ އެއްވަރަށް ފައިސާ ނެގޭނެއެވެ. އަދި ޕީއޯއެސްތަކުން ދުވާލަކަށް 600 ޑޮލަރުގެ ވިޔަފާރިކުރެވޭނެ" ބީއެމްއެލް އިން ހާމަކުރެ އެވެ.

އެ ބޭންކުން ބުނީ މިއީ ކަސްޓަމަރުންގެ ޚިޔާލާއި އަދި ބޭންކުން ކަސްޓަމަރުންނަށް ދޭ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ.

މި ބަދަލާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވެސްގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކުން ގަބޫލުކުރާ ގޮތުގައި މި ބަދަލަކީ ކަސްޓަމަރުންނަށް އަދި  ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކަށާއި ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ލިބޭނެ ވަރަށް އުފާވެރި ޚަބަރަކަށް ވެގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް