ރޭ ދަންވަރު ފަރަށް އެރި ބޯޓެއްގައި ތިބި 72 މީހަކު ސަލާމަތްކޮށްފި

ރ. އަލިފުށީގައި ދަތުރުކުރާ ބޯޓެއް މާލެއަތޮޅު ޒިޔާރަތްފުށި ކައިރި ފަރަށް އެރުމާއި ގުޅިގެން އެބޯޓުން ދަތުރުކުރި މީހުން ސަލާމަތްކުރުމުގައި ފުލުހުން ހަރަކާތްތެރިވެއްޖެއެވެ. ފުލުހުން ބުނީ ރޭ 03:45 ހާއިރު ބ...

20 Dec 2015 | 05:47

ރ. އަލިފުށީގައި ދަތުރުކުރާ ބޯޓެއް މާލެއަތޮޅު ޒިޔާރަތްފުށި ކައިރި ފަރަށް އެރުމާއި ގުޅިގެން އެބޯޓުން ދަތުރުކުރި މީހުން ސަލާމަތްކުރުމުގައި ފުލުހުން ހަރަކާތްތެރިވެއްޖެއެވެ.

ފުލުހުން ބުނީ ރޭ 03:45 ހާއިރު ބޯޓު ފަރަށް އަރާފައިވާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެރިން ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ވަނީ އެސަރަޙައްދަށް ގޮސް އެ ބޯޓުން ދަތުރުކުރި މީހުން މާލެ ގެނައުމުގައި ހަރަކާތްތެރިވެފައި ކަމަށެވެ.

އެގޮތުން ކުރި މަސައްކަތުން މެރިން ޕޮލިސްގެ ދެ އުޅަނދެއްގައި  ވަނީ އެބޯޓުން ދަތުރުކުރި 72 މީހަކު ސަލާމަތްތެރިކަމާއެކު މާލެ ގެނެސްފައި ވާކަމަށާއި މިމީހުންގެ ތެރޭގައި ހިމެނެނީ 16 ކުޑަކުއްޖަކާއި 40 އަންހެނުންނާއި 16 ފިރިހެނުން ކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ މި ބޯޓު ފަރަށް އެރުމާއި ގުޅިގެން މީހުންގެ ސަލާމަތްކުރުމުގައާއި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް