ކޮލި އަލިމަނިކު އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ކޮލި އަލީ އުމަރު މަނިކު ރޭ އަވަހަރަވެއްޖެ އެވެ. އަލިމަނިކު ވަނީ ކުރީގެ ރައީސް އިބްރާހިމް ނާޒިރު ބޮޑުވަޒީރުކަން ކުރެއްވި އިރު ދައުލަތަށް 50 އަހަރަށްވުރެ ގިނަ ދު...

20 Dec 2015 | 04:52

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ކޮލި އަލީ އުމަރު މަނިކު ރޭ އަވަހަރަވެއްޖެ އެވެ.

އަލިމަނިކު ވަނީ ކުރީގެ ރައީސް އިބްރާހިމް ނާޒިރު ބޮޑުވަޒީރުކަން ކުރެއްވި އިރު ދައުލަތަށް 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ. ކޮލި އުމަރު މަނިކަކީ ރާއްޖޭގެ އިގްތިސާދުގައި ބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

އަލި މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވި އުމުރުފުޅުން 77 އަހަރުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް