ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު އަމާޒުވާ ސިފައިންގެ މީހާ ސަސްޕެންޑުކޮށްފި

ދަ ގްރޭޓާ މާލެ އޭރިއާގެ ގެއެއްގައި ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އަމާޒުވާ ސިފައިންގެ މީހާ އޭނާގެ މަގާމުގެ މަސްޢޫލިއްޔަތުން ސަސްޕެންޑުކޮށްފިއެވެ. ސިފައިންގެ އެމީހާ މަޤާމުގ...

20 Nov 2025 | 09:17
N/A

N/A

ދަ

ގްރޭޓާ މާލެ އޭރިއާގެ ގެއެއްގައި ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ

ތުހުމަތު އަމާޒުވާ ސިފައިންގެ މީހާ އޭނާގެ މަގާމުގެ މަސްޢޫލިއްޔަތުން ސަސްޕެންޑުކޮށްފިއެވެ.

ސިފައިންގެ

އެމީހާ މަޤާމުގެ މަސްޢޫލިއްޔަތުން އެކަހެރިކޮށްފައިވާކަން ދުވަހަށް ކަށަވަރު ކުރެވިފައިވެއެވެ.

މީޑިއާތަކަށް

މަޢުލޫމާތުދެމުން ފުލުހުން އިއްޔެ ބުނެފައިވަނީ ކުޑަ ދެ އަންހެން ކުއްޖަކަށް

ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް އާދީއްތަ ދުވަހު

ހުށަހަޅާފައިވާކަމަށެވެ.

ފުލުހުން އަދި އިތުރު

ތަފުސީލެއް ހާމައެއް ނުކުރެއެވެ.

ދުވަހަށް

އެނގިފައިވާގޮތުގައި ވަޒީފާގެ މަސްޢޫލިއްޔަތުން އެކަހެރި ކުރި ނަމަވެސް އަދި

މައްސަލަ ތަޙުޤޤު ކުރަމުންދިޔަ ނަމަވެސް މައްސަލައާއި ގުޅިގެން އަދި އެމީހާ ފުލުހުންގެ

ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް