ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ގުރްދީޕް ހައްޔަރު

ނ. ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މާލެއިން ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެ...

20 Nov 2025 | 05:40
މަސްތުވާތަކެތީގެ ތުހުމަތުގައި ވެލިދޫއިން ހައްޔަރުކުރެވުނު މީހާ- ފޮޓޯ: ޕޮލިސް

މަސްތުވާތަކެތީގެ ތުހުމަތުގައި ވެލިދޫއިން ހައްޔަރުކުރެވުނު މީހާ- ފޮޓޯ: ޕޮލިސް

ނ. ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާލެއިން ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ރައްޔިތެއްކަމަށްވާ ގުރުދީޕް ސިންހު (30އ) ކަމަށެވެ.

އެ އޮޕަރޭޝަނުގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ވެލިދޫ ޕޮލިސް ގުޅިގެން އަންގާރަ ދުވަހު، ވެލިދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 41.6 ގުރާމް ކުރި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން ގުރުދީޕް ސިންހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް