ދެމީހެއްގެ އަތުން ކަޓަރަކާއި ކަޓަރު ތިލައެއް – އެކަކު ބުނީ ކުރިން އެފަދަ ކަންކަމުގައި އުޅުނަސް މިހާރު ހުއްޓާލައިފިން ކަމަށް

ޖަމާޢަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އިއްޔެ ދެމީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ. މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އު...

20 Nov 2025 | 04:15
N/A

N/A

ޖަމާޢަތް

ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ

ތުހުމަތުގައި އިއްޔެ ދެމީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ.

މިފަދަ

މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކާއި

އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެކެއްގެ

ބަންދު އަމުރުގައި ފާހަގަކޮށްފައިވާގޮތުގައި ދެ ގްރޫޕެއްގެ މެދުގައި ހަމެނުޖެހުން

އުފެދި މާރާމާރީ ހިންގަން އުޅޭކަމުގެ މަޢުލޫމާތު އިންޓެލިޖެންސަށް ލިބިގެން

އެކަމުގައި ތުހުމަތުގައި އޭނާ ހުއްޓުވައި ބަލާ ފާސްކުރިއިރު އޭނާގެ އަތުން ކަޓަރު

ތިލައެއް ފެނުނުކަން އައިއޯ ފާހަގަކުރާކަމަށް ބުނެފައިވެއެވެ.

"މީނާގެ

އަތުން ފެނުނު ކަޓަރު ތިލައަކީ ނިޔަފަތި ކަނޑަން ގެންގުޅުނު އެއްޗެއް ކަމަށާއި،

ކުރިން މާރާމާރީ ހިންގުމުގައި ބައިވެރިވެފައި ހުއްޓަސް މިހާރު އެފަދަ

ކަންތައްތަކެއް ނުކުރާކަމަށާއި، މީނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށްބުނި"

އުމުރުން 34 އަހަރުގެ މީހާގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އުމުރުން

19 އަހަރުގެ މީހާގެ ބަންދުގެ އަމުރުގައި ފާހަގަކޮށްފައިވާގޮތުގައި ހުއްޓުވައި

ބަލައި ފާސްކުރިއިރު ސައިކަލުގެ މަޑިދަށުން ކަޓަރެއް ފެނިފައިވާކަން އައިއޯ ފާހަގަކޮށްފައިވެއެވެ.

އަދި ސީނުގައި ފުލުހުން ސުވާލުކުރުމުން އެ ކަޓަރަކީ މީހެއްގެ ގަޔަށް ޖަހަން އޭނާ

ގެންގުޅޭ އެއްޗެއްކަމަށް ފުރަތަމަ ބުނި ކަމަށާއި އެ ސައިކަލަކީ އޭނާގެ ބައްޕަގެ

ސައިކަލެއް ކަމަށާއި މަޑިދަށުގައި ކަޓަރެއް އޮތްކަން ނުވެސް އެނގޭ ކަމަށާއިއަދި

އޭނާއަކީ ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށާއި ދުވަހަކުވެސް އެފަދަ ކަމެއްގައި މީގެ

ކުރިން ހުއްޓުވާފައިނުވާކަމަށް ބުނި ކަމަށްވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.

ދެމީހުންގެ

ބަންދަށްވެސް ހަތް ދުވަހު މުއްދަތެއް ކޯޓުން ދީފައިވާއިރު އެ ގްރޫޕަކާއި އެ

ދެމީހުން އިންޓަރެކްޓްވެފައިވާ މިންވަރާއި، އެ ކަމާއި އެ ފަރާތްތައް އިތުރަށް ގުޅުވޭ

ކަންކަން ދެން އޮންނަ ބަންދު މަޖިލީހަށް ހުށަހެޅުމަށް ޣާޟީ ދަންނަވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް