ކ. މާލެ، ހ. ފޯސީޒަން، އުމުރުން 19 އަހަރުގެ އަޙްމަދު އާހިލް މުނާޒު -
މި
މަހުގެ 18 ވީ އަންގާރަ ދުވަހު މާލޭގައި އުމުރުން 18 އަހަރުގެ އަންހެނަކު ރަހީނުކޮށް
ޖިސްމާނީ އަނިޔާދިންކަމުގެ ތުހުމަތުގައި 19 އަހަރުގެ ދިވެހި ޒުވާނަކު
ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ
ކ. މާލެ، ހ. ފޯސީޒަން، އުމުރުން 19 އަހަރުގެ އަޙްމަދު އާހިލް މުނާޒެވެ.
އަންގާރަ
ދުވަހުގެ ރޭ 08:00 ހާއިރު މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ
މާފަންނުގައި ހުރި ގެ އެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަނޫންގޮތުގައި
ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ
މައްސަލައެއް އެ ދުވަހު އިރުއޮއްސުނުހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.
މިއަދު
ފުލުހުން ބުނެފައިވަނީ ހަމަ އެރޭގެ ވަގުތެއްގައި އާހިލް ހައްޔަރުކޮށްފައިވާކަމަށާއި
އޭނާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއްވެސް ދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް