މަޖިލީހުގެ މެންބަރުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާ ބަޔަކަށް ވެގެން ނުވާނެ: އަބްދުއްރަހްމާން

ރައްޔިތުންގެ މަޖިލިސް މެންމަބރަުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާ ބަޔަކަށް ވެގެން ނުނާނޭކަމަށް އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ. އަބްދުއްރަހްމާން ފޭސްބުކްގައި...

20 Nov 2024 | 07:11

ރައްޔިތުންގެ މަޖިލިސް މެންމަބރަުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާ ބަޔަކަށް ވެގެން ނުނާނޭކަމަށް އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހްމާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަޑު އިއްވަން ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ފޮނުވާފަ ތިބި ރައްޔިތުންގެ މަންދޫބުން އަނގަ ބަންދުކޮށް ބަޓަނަށް އޮބާ "ބޮޓުންނަށް" ބަދަލުކުރުމުން އެތަނަށް ރައްޔިތުންގެ މަޖިލިސް ކިޔޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލިސް މެމްބަރުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށަން ޖެހޭ ބައަކަށް ވެސް ވެގެން ނުވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މެންބަރުންގެ އިއްޒަތާއި ގަދަރުގައި ދިވެހި ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވޭނެ ހާލަތެއްގައި ތިބޭ ބަޔަކަށް މަޖިލިސް މެމްބަރުން ވާން އެދޭ ކަމަށް ވެސް އަބްދުއްރަހްމާން ވިދާޅުވި އެވެ.

އަދި ވިދާޅުވީ ދާއިރާ ރައްޔިތުން ވިއްކައިގެން މަޖްލީހަށް ވަދެ ހަމަ ބޮޓުންގެ ގޮތުގައި ތިބެން މިދާއިރާތަކުގެ ރައްޔިތުން ރުހޭނެތޯ މިވެސް ސުވާލު އުފެދޭ ކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ބޮޓުން" ސާފުވާނެ ވޯޓެއް މަޖިލީހުގައި ވަރަށް އަވަހަށް ނެގޭނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"ޔަގީނުންވެސް އައްޑޫ މީދޫ ދާއިރާގެ މެންބަރު ހުސް ބަޓަނަށް އޮބާ ބޮޓަކަށް ނުވާނެ. މިހެން ބުނެވޭނީ ކިތަށް ދާއިރާގެ މެންބަރުންނަށް؟،" މެންބަރު އަބްދުއްރަހްމާން ވިދާޅުވި އެވެ.

އަބްދުއްރަހްމާން މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ "ބޮޓުން" ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ނުދެއްކެވުމަށް މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް