މާލެ ސިޓީ ޑަބްލިއުޑީސީއާއި ޕޮލިޓެކްނިކް ގުޅިގެން "100 ހުނަރުވެރިން ޕްރޮގްރާމް"ގެ އަމަލީ ތަމްރީނުތައް ފަށައިފި

މާލެ ސިޓީ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ޕޮލިޓެކްނިކް ގުޅިގެން ކުރިއަށްދާ  "100 ހުނަރުވެރިން ޕްރޮޤްރާމު" ގެ އަމަލީ ތަމްރީންތަށް ފަށައިފިއެވެ. މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަ...

20 Nov 2024 | 05:33

މާލެ ސިޓީ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ޕޮލިޓެކްނިކް ގުޅިގެން ކުރިއަށްދާ  "100 ހުނަރުވެރިން ޕްރޮޤްރާމު" ގެ އަމަލީ ތަމްރީންތަށް ފަށައިފިއެވެ.

މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން މުހިންމު ޕްރޮގްރާމެއް ފަށައިފިމާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ޒުވާނުންނާއި އަންހެނުންނަށް އަމާޒުކޮށްގެން ދެ ހަފްތާގެ ސެޓްފިކެޓް ޕްރޮގްރާމެއް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ އިލެކްޓްރިކް، ގޭގެ ސާމާނު މަރާމާތުކުރުން، އަތްތެރި މަސައްކަތް، ހިރުގެތުން، ދިގުހެދުން ފެހުން އަދި ބޯވަޅަށް ލިބާސް ފެހުމުގެ ކޯސްތަކެއް ހިންގުން ކަމަށާއި މި ކޯސްތަކުގެ ސަބަބުން މާލޭގެ ޒުވާނުންނާއި އަންހެނުންނަށް ފަންނީ އަދި ސަގާފީ ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގައި މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

އެ ކައުންސިލުން ބުނެފައިވާގޮތުގައި މި ޕްރޮގްރާމުގެ ދަށުން ޑަބްލިއުޑީސީން ކޯސްތަކާ ގުޅޭ އެންމެހައި ޚަރަދުތައް ބަލަހައްޓާނެއެވެ. އަދި ހިރުގެތުން، ދިގުހެދުން ފެހުން އަދި ބޯވަޅަށް ލިބާސް ފެހުމުގެ ކޯސްތަކަށް މުދައްރިސުން ހަމަޖައްސާނެއެވެ. މޯލްޑިވްސް ޕޮލިޓެކްނިކުން އިލެކްޓްރިކް، ގޭގެ ސާމާނު މަރާމާތުކުރުން އަދި އަތްތެރި މަސައްކަތުގެ ކޯސްތައް ކުރިޔަށް ގެންދިޔުމަށް ޓަކައި މުދައްރިސުން ފޯރުކޮށްދޭނެއެވެ.

މި އެއްބަސްވުމުގައި ވާގޮތުން މިއީ ދެ ހަފްތާގެ ޕްރޮގްރާމެއް ނަމަވެސް، ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ޕްރޮގްރާމްތައް ގަވާއިދުން ކުރިޔަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ. މިއީ މާލޭގެ ޒުވާނުންނާއި އަންހެނުންގެ ހުނަރު އިތުރުކޮށް، ދެމެހެއްޓެނިވި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަމުގައި ގަބޫލުކުރާކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް