ބްރިޖް އެއާޕޯޓް ލައިޓް ކައިރީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މެދުއުމުރުގެ މީހަކަށް އަނިޔާވެ ހާލު ސީރިއަސްކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ބްރިޖް އެއާޕޯޓް ލައިޓް ކައިރިން ސައިކަލެއް ފެންސްގައި ޖެހި ހާދިސާއެއް މިއަދު ފަތިހު ހިނގާފައިވާކަމަށެވެ.
"މި ހާދިސާގައި ސައިކަލްގައި އިން މީހާއަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެއީ 53 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް