ޚާރިޖީ ވުޒާރާއަށް ނައިބު ވަޒީރަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޚާރިޖީ ވުޒާރާއަށް ނައިބު ރައީސަކު އައްޔަނު ކުރައްވައިފިއެވެ. އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ މައްޗަންގޮޅީ ރެސްޓިންގ ހައުސް ފާޠިމަތު ޢިނާޔާ އެވެ. އިނާ...

20 Nov 2023 | 08:46

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޚާރިޖީ ވުޒާރާއަށް ނައިބު ރައީސަކު އައްޔަނު ކުރައްވައިފިއެވެ.

އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ މައްޗަންގޮޅީ ރެސްޓިންގ ހައުސް ފާޠިމަތު ޢިނާޔާ އެވެ.

އިނާޔާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ ރައީސް އޮފީހަށާއި ޙާރިޖީ ވުޒާރާގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިނާޔާ ހިމެނޭހެން ޚާރިޖީ ވުޒާރާއަށް މިހާތަނަށް ހަތަރު ބޭފުޅަކު މިވަނީ އައްޔަންކުރައްވާފައެވެ. އެމްބެސެޑަރ އެޓް ލާޖް އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު، އަދި މުޙައްމަދު ހުސެއިން ޝަރީފްގެ އިތުރުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މުޙައްމަދު ޝަހުދީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް