ދިރާސީ އާ އަހަރުގެ ފެށުން ޖެނަވަރީން ފަށަށް މުއިއްޒު ސަރުކާރުން ނިންމައިފިއެވެ.
ނިންމާފައިވަނީ މި ބަދަލު 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށުމަށެވެ.
މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.
ތައުލީމީ ދާއިރާގެ އައު ވަޒީރު މިއަދު މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރެއްވިއެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް ވަޒީރު އަޑު އެއްސެވިއެވެ.
ދިރާސީ އައު އަހަރު ޖަނަވަރީން ފަށާގޮތަށް ޒަމާނުއްސުރެ އޮތް އޮތުން އޮގަސްޓް މަހު ފަށާގޮތަށް 2021 ވަނަ އަހަރުން ފެށިގެން ބަދަލުކޮށްފައިވަނީ ރައީސް ސޯލިހްގެ ސަރުކާރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް