ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް އައްޔަނުކޮށްފައިވާ ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނެފައިވަނީ ރައީސުލްޖުމްހޫރިއ...

20 Nov 2023 | 06:50

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް އައްޔަނުކޮށްފައިވާ ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް މިއަދު ފޮނުއްވައިފިކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް 22 ބޭފުޅަކު އައްޔަން ކުރައްވާފައެވެ.

އެ ފަރާތްތަކަކީ:-

  1. މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު ޣައްސާން މައުމޫން.
  2. މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކަމުގެ މަގާމަށް އަލްފާޟިލް މޫސާ ޒަމީރު.
  3. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ކަމުގެ މަގާމަށް އަލްފާޟިލް ޢަލީ އިޙްސާން.
  4. މިނިސްޓަރ އޮފް ފިނޭންސް، ކަމުގެ މަގާމަށް ޑޮކްޓަރ މުޙައްމަދު ޝަފީޤް.
  5. މިނިސްޓަރ އޮފް އެޑިޔުކޭޝަން، ކަމުގެ މަގާމަށް ޑޮކްޓަރ އިސްމާޢީލް ޝަފީޢު.
  6. މިނިސްޓަރ އޮފް ހެލްތް، ކަމުގެ މަގާމަށް ޑޮކްޓަރ ޢަބްދުالله ޚަލީލް.
  7. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު ސަޢީދު.
  8. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ކަމުގެ މަގާމަށް އަލްފާޟިލް އަޙްމަދު ޝިޔާމް.
  9. އެޓަރނީ ޖެނެރަލް، ކަމުގެ މަގާމަށް އަލްއުސްތާޛު އަޙްމަދު އުޝާމް.
  10. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ކަމުގެ މަގާމަށް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.
  11. މިނިސްޓަރ އޮފް ޓޫރިޒަމް، ކަމުގެ މަގާމަށް އަލްފާޟިލް އިބްރާހީމް ފައިޞަލް.
  12. މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ ޢާއިޝަތު ޝިހާމް.
  13. މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ކަމުގެ މަގާމަށް އަލްފާޟިލް ޢަބްދުالله ރާފިޢު.
  14. މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ކަމުގެ މަގާމަށް އަލްފާޟިލް ޠާރިޤު އިބްރާހީމް.
  15. މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ ޢަލީ ހައިދަރު އަޙްމަދު.
  16. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު އަމީން.
  17. މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، ކަމުގެ މަގާމަށް އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް.
  18. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ މަރްޔަމް މާރިޔާ.
  19. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ކަމުގެ މަގާމަށް ޑޮކްޓަރ ޢަބްދުالله މުއްޠަލިބް.
  20. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ކަމުގެ މަގާމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ.
  21. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، ކަމުގެ މަގާމަށް އަލްފާޟިލް އިބްރާހީމް ވަޙީދު.
  22. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، ކަމުގެ މަގާމަށް އަލްފާޟިލް އާދަމް ޝަރީފް.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މި 22 މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ 17 ނޮވެންބަރު 2023 ވީ ހުކުރުދުވަހުގެ ރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް